Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:22 - ކިތާބުލް މުޤައްދަސާ

22 ”⁠ސާހިބާ، އަޅުގަނޑު ދެކެ ކޯފާ ނުވޭ.⁠“ ހާރޫނުގެފާނު ދެންނެވިއެވެ. ”⁠މި ވިޔާނުދާ މީހުންގެ ކަންތައް ހުންނަ ގޮތް ކަލޭގެފާނަށް ވެސް އެނގި ވަޑައިގަންނަވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:22
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.


އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”⁠މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟


ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”⁠އަހަރެމެން ބޯނީ ކޮން އެއްޗެއް؟⁠“


އެކަމަކު އެއްބަޔަކު އެ ބަސްފުޅު އަޑެއް ނޭހިއެވެ. އެމީހުން ހެނދުނަށް ބައެއް ބެހެއްޓިއެވެ. އެކަމަކު ހެނދުނު ވީއިރު އެއެއްޗެހި ހުރީ ކުނިވެ ފުޅައަޅާފައެވެ. ދުވާވަހުން ނުކުޅަދާނައެވެ. އެކަމާ މޫސާގެފާނު ވަރަށް ކޯފާވިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނު ކުރެން އެއްސެވިއެވެ. ”⁠ކަލޭމެންގެ މީހުން އަހަރެން އަންގާ ބަސް ގަބޫލުކޮށް ކިޔަމަން ވާނީ ކޮން ދުވަހަކުން؟


މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“


އެންމެފަހުން އެކަލޭގެފާނު ހާރޫނުގެފާނާ ދިމާއަށް އެނބުރި ވަޑައިގެން އެއްސެވިއެވެ. ”⁠އެމީހުންގެ މައްޗަށް މިހާބޮޑު ފާފައެއް ކަލޭ ކުރިމަތި ކުރީ އެމީހުން ކަލެއަށް ކުރި ކޮންކަމަކާ ހެދިތަ؟⁠“


ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.


”⁠އެއީ ސިފައިން ޢަމާލިޤީނުން ގެނައި އެއްޗެހި ތަކެއް. އެމީހުން ސިއްޙަތު ރަނގަޅު އެއްޗެހި ނުމަރައި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް. އެހެން ހުރިހާ އެއްޗެއް އެމީހުން ނައްތާލައިފި.⁠“


އެ ހުރިހާ ޖަނަވާރުތަކެއް ވެސް ނައްތާލެވޭނެ މެ. އެންމެ މަސްފަލަ ޖަނަވާރުތައް ނުމަރައި އަހަރެންގެ މީހުން އެތަކެތި ޖިލްޖާލަށް މި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް.⁠“


”⁠އާދެ! އަޅުގަނޑު ފާފަ ކޮށްފިން. މާތްރަސްކަލާނގެ އަމުރުފުޅާއި އަދި ކަލޭގެފާނުގެ އެންގެވުމާ އަޅުގަނޑު ޚިލާފު ވެއްޖައިން. އަޅުގަނޑުގެ މީހުން ދެކެ ޖެހިލުންވެ އެމީހުންގެ ބަސް އަޑު އެހުނީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ