Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:2 - ކިތާބުލް މުޤައްދަސާ

2 އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:2
13 ပူးပေါင်းရင်းမြစ်များ  

އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ.


އަހަރެން އެކަނބުލޭގެއަށް ’⁠ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްތޯ؟⁠‘ އަހައި ސުވާލު ކުރީމާ އެކަނބުލޭގެ ޖަވާބުގައި މިފަދައިން ބުނި. ’⁠ތިމަންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލްއޭ.⁠‘ ދެން އަހަރެން އެކަނބުލޭގެ ނޭފަތުގައި ރަނުގެ ނޭފަތު މުއްޖެއް ލައިދީ އަދި އެކަނބުލޭގެ އަތުގައި ބޮޑެތި އުޅާގެ ރަން ދެ އުޅާ އަޅުވައިދިނީމު.


ކަލޭމެން ހަނދާން ކުރާށޭ، ރަނުން ވެސް ރިހިން ވެސް ތިމަންކަލާނގެ ބަދަލުގައި އަޅުކަން ކުރާނެ އިލާހެއް ކަލޭމެން ތައްޔާރު ނުކުރާށޭ.


ދެން އެމީހުން ގޮސް އެތަކެތި ހާރޫނުގެފާނަށް ގެނެސް ދިނެވެ.


އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.


ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ