18 އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”ނޫން. އެއަކީ ފަތަޙައިގެ ނަޣަރާއެއް ނޫން. އެއީ ނާކާމިޔާބީގެ ރުއިމުގެ އަޑެއް ވެސް ނޫން. އަހަންނަށް އިވެނީ ވަރުގަދަ އުފާފާޅު ކުރުމެއްގެ އަޑެއް.“
ޔަޝޫޢުގެފާނަށް ފަރުބަދައިގެ ތިރިން މީސްތަކުންގެ ހަޅޭކުގެ އަޑު އިވި ވަޑައިގަތުމުން ވިދާޅުވިއެވެ. ”ހީވަނީ ފޭލިގެތަކުގެ ތެރޭގައި ހަނގުރާމައެއް ކުރެވެނީހެން!“
އެބޭކަލުން ފޭލިގެތަކާ ހަމަޔަށް ވަޑައިގެން ބެއްލެވި އިރު މީސްތަކުން ގެރިއެއްގެ ކުރިމަތީގައި ނަށަން ތިބިތަން ފެނި ވަޑައިގެން އެކަލޭގެފާނުގެ ގާތަށް އަލިފާންފަދަ ކޯފާއެއް އަތުވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ގެންނެވި ހިލަފޮތިތައް ބިމާލާ ޖައްސަވައި ފަރުބަދައިގެ ބުޑަށް ފުނޑުފުނޑު ކޮށްލައްވައިފިއެވެ.