Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:15 - ކިތާބުލް މުޤައްދަސާ

15 މޫސާގެފާނު ދެން ފަރުބަދައިގެ ތިރިއަށް ވަޑައިގެންފިއެވެ. އޭރު އެކަލޭގެފާނު އަތްޕުޅުގައި ޢަހުދުނާމާ ލިޔެވިފައިވާ ދެހިލަފޮތި އޮތެވެ. އެހިލަފޮތީގެ ދެފުށުގައި އެ ޢަހުދުނާމާ ލިޔެވި ބިންވަޅު ނެގިފައި ވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:15
14 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”⁠ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.⁠“


ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.


މި ހިލަ ފޮތިތަކުގައި ވާ ލިޔުމަކީ ސީދާ މާތްކަލާނގެ އަތްޕުޅުން ލިޔުއްވައިފައިވާ އަމުރުފުޅުތަކެކެވެ.


މޫސާގެފާނު އެ ހިލަފޮތިތައް ހިއްޕަވައިގެން ޠޫރުސީނާ ފަރުބަދައިން ފައިބައި ވަޑައިގެންނެވި އިރަކު އެކަލޭގެފާނުގެ މޫނުފުޅުން އުޖާލާ ނޫރެއް ފާޅުވަމުން ދާކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް ކުއްތަންވެ އެކަލާނގެއާ އެކު ބަސްފުޅު ވިދާޅުވި ފަހުން ފާޅުވަމުން އައި ނޫރުފުޅެކެވެ.


އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ.


އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.


ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ