Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:14 - ކިތާބުލް މުޤައްދަސާ

14 ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:14
20 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އިންސާނުން ހެއްދެވުނީތީ އެކަމާ ހިތާމަފުޅު ކުރެއްވިއެވެ. އެކަލާނގެ ހިތްޕުޅުވަނީ ވޭނުން ފުރިފައެވެ.


މާތްރަސްކަލާނގެ މަލާއިކަތާ ޖެރޫސަލަމް ހަލާކު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ. އެކަމަކު މީސްތަކުންނަށް ލިބެމުން ދާ ގެއްލުން ދެކެވޮޑިގެން މާތްރަސްކަލާނގެ އިރާދަފުޅު ބަދަލު ކުރައްވައިފިއެވެ. ދެން އެކަލާނގެ މަލާއިކަތާއަށް އެންގެވިއެވެ. ”⁠ދެން ހެޔޮ! ކަލޭގެ އަތް ތިރި ކުރޭ.⁠“ އޭރު މަލާއިކަތާ ހުންނެވީ ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިން މަތީގައެވެ.


ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.⁠“


ދެން މާތްކަލާނގެ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.


އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”⁠މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.


”⁠ޝާއުލްގެފާނު ތިމަން ކަލާނގެ އަކަށް ކިޔަމަނެއް ނުވޭ. އޭނާ ރަސްކަމަށް އިސްކުރެވުނީތީ ދެރަވެއްޖައިން.⁠“ ޞަމޫއީލްގެފާނު ކޯފާވެއްޖެއެވެ. އެހެންވެ މުޅި ރޭގަނޑުގައި ދުޢާ ކުޅައުންމަތީ އެކަލޭގެފާނު އިންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ