ނެރުއްވުން 32:13 - ކިތާބުލް މުޤައްދަސާ13 އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.‘“ အခန်းကိုကြည့်ပါ။ |
ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.
މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.“
އަދިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކަލްދާނީންގެ ސަރަހައްދުގެ އޫރު އިން ތިބާއަށް މިރަށް ދެއްވުމަށްޓަކާ ގެންނެވި ކަލާނގެ.“ އެ ހިނދު އަބްރާމް ދެންނެވިއެވެ. ”ސާހިބުވަންތަ މާތްރަސްކަލާނކޯ، މިރަށް އިނބަރަސްކަލާނގެ އަޅާއަށް މިލްކު ކޮށްދެއްވާނެކަން އަޅާއަށް ޔަޤީންވާނެ ގޮތަކީ ކޮބައިތޯ؟“
އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.
އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“
ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް.