ނެރުއްވުން 32:12 - ކިތާބުލް މުޤައްދަސާ12 މިޞްރު މީހުން އޭރުން ބުނާނެ، ’އެމީހުންގެ ކަލާނގެ މިރަށުން އެމީހުން ނެރުއްވީ ފަރުބަދަތަކުގެ ތެރެއަށް ގެންގޮސް އެމީހުން މަރާލައި އެމީހުންގެ ވަސް މިބިންމަތިން ފިލުވާލުމަށޭ ނޫންތޯ؟‘ ތިޔަ ކޯފާ މަޑު ކުރައްވާ! އިނބަރަސްކަލާނގެ އެމީހުންނާމެދު ތިޔަގޮތަށް ކަންތައް ކުރެއްވުން ހުއްޓަވާ ލައްވާ! އެވަރުގެ ގަދަފަދަ ކޯފާއެއް އިނބަރަސްކަލާނގެ މީހުންގެ މައްޗަށް ނުފޮނުއްވާ! အခန်းကိုကြည့်ပါ။ |
ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.“