ނެރުއްވުން 32:11 - ކިތާބުލް މުޤައްދަސާ11 އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟ အခန်းကိုကြည့်ပါ။ |
އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.