Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:10 - ކިތާބުލް މުޤައްދަސާ

10 އަހަރެންގެ ގަދަފަދަ ރުޅީގެ އަލިފާން އެމީހުންގެ މައްޗަށް ބޭލިޔަދީ. އަހަރެން އެ އެންމެން ނައްތާލާނަން. އެއަށް ފަހު ކަލެއާއި ކަލޭގެ ދަރިކޮޅުން ބޮޑު ޤައުމެއް ހަދައިދޭ ނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:10
21 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


އަހަރެންގެ ރުޅިވެރިކަން އެފަދަކަމެއް ކުރި ބަޔަކާ ދިމާއަށް ގަދަފަދަކަމާއެކު ފޮނުވާނަން. އަދި ހަނގުރާމައެއްގައި އެބަޔަކު ކަނޑިދަށުލާނަން. އޭރުން އެމީހުންގެ އަނބީން ހުވަފަތް ވެ ދަރިން ޔަތީމުވެދާނެ.


އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟


އެބޭކަލުން ފޭލިގެތަކާ ހަމަޔަށް ވަޑައިގެން ބެއްލެވި އިރު މީސްތަކުން ގެރިއެއްގެ ކުރިމަތީގައި ނަށަން ތިބިތަން ފެނި ވަޑައިގެން އެކަލޭގެފާނުގެ ގާތަށް އަލިފާންފަދަ ކޯފާއެއް އަތުވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ގެންނެވި ހިލަފޮތިތައް ބިމާލާ ޖައްސަވައި ފަރުބަދައިގެ ބުޑަށް ފުނޑުފުނޑު ކޮށްލައްވައިފިއެވެ.


ކަލޭމެން ތިޔަ ދަނީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް. އެކަމަކު ކަލޭމެންނާއެކު އަހަރެނެއް ނުދާނަން. އެހެނީ ކަލޭމެންނަކީ ބަސް ގަބޫލުނުކުރާ ބޯހަރު ބައެއް. އަހަރެން ކަލޭމެންނާއެކު ދާން ވެއްޖެއްޔާ ދާ މަގުމަތީގައި އެ އެންމެން ނައްތާލެވިދާނެ.⁠“


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ