ނެރުއްވުން 31:6 - ކިތާބުލް މުޤައްދަސާ6 އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް: အခန်းကိုကြည့်ပါ။ |
އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.“
އަދި އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރީ ދާނު ގަބީލާއިން އައިސްހުރި އަޚީސާމާކު ގެ ދަރި އަހޫލިޔާބުއެވެ. މީނާއަކީ ކުރެހުމާއި ކަނޑާނެގުމުގެ ކަޅުދާނަކަން ލިބިފައިހުރި މީހެކެވެ. މީގެ އިތުރުން އޭނާއަކީ ނުލާއި، ދަނބާއި ގަދަރަތްކުލައިގެ ރޮދިން ތިނޯހު މަސައްކަތާއި ޖަރީކުރުމުގެ ފަންނުގައި ވެސް އަރާހުރި މީހެކެވެ.
މިއަށް ފަހު މާތްސާހިބާ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޚާއްސަ ބާރަ އަސްޙާބީން ފިޔަވާ އެހެން ހަތްދިހަދެ އަސްޙާބީއަކު ވެސް ކަނޑަ އެޅުއްވިއެވެ. ދެން މިމީހުން ބަޔަކަށް ދެމީހުން ވާގޮތަށް ބައްސަވާ އެމީހުން އެކަލޭގެފާނުގެ ކުރިން، އެކަލޭގެފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ފޮނުއްވިއެވެ.
މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.“