ނެރުއްވުން 31:15 - ކިތާބުލް މުޤައްދަސާ15 މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ. အခန်းကိုကြည့်ပါ။ |
މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.“