6 މި އަށި ބަހައްޓަން ވާނީ ޢަހުދުނާމާ ފޮށިކޮޅު ކުރިމަތީ އެލުވާފައިވާ ފަރުދާގެ ބޭރުގައި. އަހަރެން ކަލެއާ ބައްދަލު ކުރާނީ ޢަހުދުނާމާ ފޮށިކޮޅުގެ ކައްފާރާގެ މަގާމުފުޅު ކަމުގައިވާ މަތިގަނޑުގެ މަތީން.
މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ.
އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާ.
ކޮންމެ ދުވަހަކު ހެނދުނު ހާރޫނު އައިސް ބައްތި ސާފުކޮށް ހަދާއިރު އެތަނުގައި މީރު ވަސް ދުވާ ތަކެތިން ދުން އަޅަން ވާނެ.
އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ.
ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ.
ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ.
އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ.
އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.