4 ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރޭ. އެ ބޮޅުތައް ހަރުކުރަން ވާނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައި. އެއީ އަށި ގެންދިޔުމަށް އުފުލާ ދަނޑި ލެއްވުމަށް.
އަދި ރަނުން ހަތަރު ބޮޅު ވިރުވައި އަޅައި އޭގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލުގައި ހަރުކުރޭ. އެއީ ފަރާތެއްގައި ދެ ބޮޅު.
ފޮށި އުފުލުމަށް އެދަނޑިތައް ބޮޅުތަކުގެ ތެރެއަށް ލައްވާ.
ބޮޅުތައް ހަރުކުރަން ވާނީ މޭޒުގެ މަތިގަނޑުގެ ތިރީގެ ކައިރިފަށުގައި. އެއީ އެ މޭޒު އުފުލަން ދަނޑިތައް ލެއްވުމަށް.
މި އޮނިގަނޑުތަކާއި ހުރަސް ބެރިތަކުގައި ވެސް ރަން އުނގުޅައި ހުރަސް ބެރިތައް ރަނުގެ ބޮޅުތަކުން ހަރުކުރޭ.
އަދި ކަފުލޮއިން ޖާލިގަނޑެއް ހަދައި އޭގެ ހަތަރުކަނުގައި ބޮޅު ހަރުކުރޭ.
މި ދަނޑިތައް އަށީގެ ދެފަރާތުގައިވާ ބޮޅުތަކަށް ލައްވާ.
އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ރަން އުނގުޅާ. އަދި މުޅި އަށީގެ ވަށައިގެން ރަނުގެ ކައިރިފަށެއް އަޅާ.
އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާ.