35 ދުން ތައްޔާރު ކުރާ މީހުން ބޭނުންކުރާ އުކުޅުތައް ބޭނުންކޮށް މި ތަކެތި އެއްކޮށް ގަށައި އަދި މާތްކަމާއި ސާފު ތާހިރުކަން މަތީ ބެހެއްޓުމަށް އެއަށް ލޮނު އަޅާ.
ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ.
އަދި ކުޅަދާނަ އަތަރުހަދާ މީހަކު ފަދައިން މިއެއްޗެހި އެއްކޮށްގެން މީރު ވަސް ދުވާ ކަރާމާތްތެރި އަތަރު ހަދާ.
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”މީރު ވަސް ދުވާ ތަކެތި އެއްކުރޭ. އެއީ ގަސްތަކުގެ ތޮށިން ނުކުންނަ މީރު ވަސްދުވާ ކިރު ތިކިތަކާއި ސަނދަރަ ބޮލި ތޮއްޓާއި، ގަލްބަނުމް އަދި އެންމެ މޮޅު ފުރަންކަންސެންސް. މި އެއްޗެހި އެއް ވަޒަނަކަށް ކިރައި މީރު ވަސްދުވާ އަތަރާ އެއްކުރޭ.
މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ.
މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތް ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.
މަރިޔަމް ވަރަށް އަގުބޮޑު އަތަރުފުޅިއެއް ހިފައިގެން ގޮސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް އެ އަތަރުފުޅި އޮއްސާލިއެވެ. އަދި އޭނާގެ އިސްތަށިގަނޑުން އީސާގެފާނުގެ ފައިންޕުޅު ފޮހުނެވެ. މުޅި އެގޭގެ ތެރޭގައި އެ އަތަރުގެ މީރުވަސް ފެތުރިގެން ދިޔައެވެ.