Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 30:33 - ކިތާބުލް މުޤައްދަސާ

33 މި ތެޔޮ މި ގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 30:33
27 ပူးပေါင်းရင်းမြစ်များ  

ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.⁠“


ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.


މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއް ވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިން ވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ.


މި ކެއުމުގެ ހުއްދަ އޮންނާނީ ހަމަ އެކަނި އެމީހުންނަށް. މިއީ އެމީހުންގެ ސާފުތާހިރު ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ކުރެވުނު އެއްޗެއް. މިއީ ކަރާމާތްތެރި ތަކެތި.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠މީރު ވަސް ދުވާ ތަކެތި އެއްކުރޭ. އެއީ ގަސްތަކުގެ ތޮށިން ނުކުންނަ މީރު ވަސްދުވާ ކިރު ތިކިތަކާއި ސަނދަރަ ބޮލި ތޮއްޓާއި، ގަލްބަނުމް އަދި އެންމެ މޮޅު ފުރަންކަންސެންސް. މި އެއްޗެހި އެއް ވަޒަނަކަށް ކިރައި މީރު ވަސްދުވާ އަތަރާ އެއްކުރޭ.


އެކަކު ވެސް އެމީހެއްގެ އަމިއްލަ ބޭނުމަކަށް މި ގޮތަށް ދުން އުފައްދައި ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލަން ޖެހޭނެ.⁠“


ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކު ވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކު ވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ