Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 30:3 - ކިތާބުލް މުޤައްދަސާ

3 އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ރަން އުނގުޅާ. އަދި މުޅި އަށީގެ ވަށައިގެން ރަނުގެ ކައިރިފަށެއް އަޅާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 30:3
8 ပူးပေါင်းရင်းမြစ်များ  

ފޮށީގެ އެތެރެއާއި ބޭރުގައި ރަތުރަން ފަށަލައެއް ލާ. އަދި ވަށައިގެން ރަންވިރުވާ އަޅައި ދާރައެއް ލާ.


މުޅި މޭޒު ރަތުރަނުން ޖަރީކޮށް އޭގެ މަތިގަނޑުގެ ވަށައިގެން ވިރުވާއަޅާފައި ވާ ރަނުގެ ދާރައެއް ޖަހާ.


މިއަށި ހަދަން ވާނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައި. އޭގައި ވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުންނަން ވާނެ. އެ ހުންނަން ވާނީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައި.


ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރޭ. އެ ބޮޅުތައް ހަރުކުރަން ވާނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައި. އެއީ އަށި ގެންދިޔުމަށް އުފުލާ ދަނޑި ލެއްވުމަށް.


ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ