29 މި ހުރިހާ އެއްޗެހި ކަރާމާތްތެރިކޮށް މި ތަން މާތް ތަނަކަށް ހަދާ. އޭގެ ފަހުން މިއިން ތަނެއްގައި އަތްލައިފި މީހަކު ވެސް ކަރާމާތްތެރި ވެގެން ދާނެ.
އަދި މި ގޮތަށް ހަތް ދުވަސް ވަންދެން ކަންތައްކޮށް ޤުރުބާނީ އަށި ތާހިރުކޮށް މުޤައްދަސް ކުރަން ވާނެ. އޭގެ ފަހުން އެތަން ވާނީ އެންމެ ކަރާމާތްތެރި ވެގެން ވާ ތަނަށް. އެތަނުގައި އަތްލައިފި މީހަކަށް އެކަރާމާތް ލިބިގެންދާނެ.
އަދި އަންދައި ޤުރުބާނީ ކުރާ އަށީގައި އާއި ގެންގުޅޭ ތަކެއްޗާއި، ފެންދޮލަނގާއި، އޭގެ ސްޓޭންޑްގައި ވެސް އުނގުޅާ.
އަދި ހާރޫނާއި އޭނާގެ ދަރިން ވެސް އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރެވޭ ވަރަށް ކަރާމާތްތެރި ކުރޭ.
ޤުރުބާނީ އަންދާ އައްޓާއި އޭގައި ބޭނުންކުރާ ތަކެތީގައި ވެސް ތެޔޮ އުނގުޅައި އެތައް ކަރާމާތްތެރި ކުރޭ. އެގޮތުން އެ އައްޓަކީ މާތް ތަނަކަށް ވެގެން ދާނެ.
އޭ ކަނު މޮޔައިންނޭ! ކަލޭމެންނަށް ބޮޑަށް މުހިންމު ވަނީ ކޮންއެއްޗެއްތަ؟ ގެކޮޅުގައި ހުންނަ ރަންތަ؟ ނޫނީ އެރަން ކަރާމަތްތެރިކުރުވާ އަޅުކަމުގެ ގެކޮޅުތަ؟
އޭ ކަނުމީހުންނޭ! ކަލޭމެންނަށް މުހިންމީ ކޮން އެއްޗެއްތަ؟ ޤުރުބާނީތަ، ނޫނީ އެޤުރުބާނީ މުޤައްދަސް ކުރެވޭ އަށިތަ؟