20 އެމީހުން ފޭލިގެކޮޅަށް ވަދެ އަހަރެންގެ ގާތަށް އައިސް ޤުރުބާނީ އަންދައި ހަދިޔާބަދިޔާ ވެދުން ކުރާއިރު ތިބެން ވާނީ މިފެނުން ދޮވެ ތާހިރުވެގެން. އެހެންނޫނީ އެމީހުންގެ ފުރާނަ ހިނގައިދާނެ!
ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.
ހާރޫނާއި އޭނާގެ ދަރިން އަތްފައި ދޮންނަން ވާނީ އެ ފެނުން.
އެމީހުން އަބަދުވެސް ތިބެން ޖެހޭނީ އަތާ ފައި ދޮވެގެން. އެހެންނޫނީ އެމީހުން މަރުވެދާނެ. މިއީ ހާރޫނާއި އޭނާގެ ދަރިންނާއި ދަރިކޮޅު ތާ އަބަދަށް ކިޔަމަން ވާން ޖެހޭނެ ޤާނޫނެއް.“
މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ.
ހަމައެވަގުތު ސަފީރާ މަރުވެގެން ވެއްޓުނެވެ. އަނާނިޔާހު ވަޅުލި މީހުން އައިސް ވަން އިރު ސަފީރާ މަރުވެގެން ވެއްޓިފާވާތަން ފެނި، އޭނާ ވެސް ނަގައިގެން ގެންގޮސް އޭނާގެ ފިރިމީހާ އަނާނިޔާހު އާއި ޖެހިގެން ވަޅުލިއެވެ.
އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.
އެކަމަކު ބައިތުޝަމްސުގެ ހަތްދިހަ މީހުން މަރުވެ ދިޔައެވެ. އެއީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ އެތެރެ ބެލުމުގެ ސަބަބުންނެވެ. މާތްރަސްކަލާނގެ އެމީހުންނަށް މި ދެއްވި ހަރުކަށި އަދަބާ މެދު މީހުން ދެރަވެ ރޮއި ކަރުނަ އެޅިއެވެ.