ނެރުއްވުން 30:13 - ކިތާބުލް މުޤައްދަސާ13 ބޯހިމެނޭ ކޮންމެ މީހަކު އަހަރެންނަށް ރިހި ލާރިއެއް ހުށަހަޅަން ވާނެ. މިއީ ކަރާމާތްތެރި ޝެކެލްއެއްގެ ދެބައިކުޅަ އެއްބައި. އެއީ ވިހި ގެރާހްގެ މިންވަރެއް. အခန်းကိုကြည့်ပါ။ |
އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.“