Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 30:10 - ކިތާބުލް މުޤައްދަސާ

10 އަހަރަކު އެއްފަހަރު ޤުރުބާނީކުރެވޭ ތަކެތީގެ ލޭ އޭގެ ދަޅުގައި ހާކަން ވާނެ. އެއީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއްގެ ގޮތުން. މިއީ ކޮންމެ އަހަރަކު ވެސް ދާއިމީގޮތަކަށް ކުރަން ޖެހޭނެ ކަމެއް. އެހެނީ މި އައްޓަކީ ކަލޭމެންގެ މާތްރަސްކަލާނގެ، އަހަރެން އެންމެ މާތްކޮށްފައިވާ މަޤާމެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 30:10
18 ပူးပေါင်းရင်းမြစ်များ  

ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.


މިއައްޓަށް ނުތާހިރު ދުންބުރުވާ ތަކެއްޗެއް ހުށަހަޅައިގެން ނުވާނެ. މިތަނުގައި ޤުރުބާނީ އަންދައި ގޮދަނާއި، ދިޔާތަކެތީގެ ވެދުން ހުށަހަޅައިގެން ނުވާނެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އީސާގެފާނު އެތައް ފަހަރަކު ލޭފޮދު އޮހޮރުވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނަކީ އެހެނިހެން އުއްތަމަ އިމާމުން ފަދައިން އަހަރަކު އެއްފަހަރު، އެންމެ މުޤައްދަސް މަޤާމުފުޅަށް ޖަނަވާރެއްގެ ލެއިން ޤުރުބާނީ ހުށަހަޅަން ވެދެވަޑައިގަންނަވަން ޖެހޭ ބޭކަލެއް ނޫނެވެ.


ފޭލިގެކޮޅުގެ އެތެރޭ ބަޔަށް ވަދެވެނީ އުއްތަމަ އިމާމަށެވެ. އޭނާ އެތަނަށް ވަންނަނީ އަހަރަކު އެއްފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ފާފައިގެ ކައްފާރާއަކަށް ހުށަހެޅުމަށް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަދި މީސްތަކުންނަށް ގަސްތަކާނުލައި ކުރެވޭ ފާފަތަކުގެ މަތިން ހުށަހަޅަން ވެސް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ.


އެއަށް ފަހު، ހަވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލިއެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި ހުރި ޤުރުބާން ހުށައަޅާ މުޤައްދަސް ރަން އަށީގެ ހަތަރު ކަނުން އަޑެއް އަހަރެންނަށް އިވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ