Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:9 - ކިތާބުލް މުޤައްދަސާ

9 އަހަރެންގެ މީހުންގެ ރުއިމުގެ އަޑު އަހަންނަށް އެބަ އިވޭ. އެމީހުންނާމެދު މިޞްރު މީހުން ކުރަމުންގެންދާ އަނިޔާތައް ވެސް އަހަރެން މިދަނީ ބަލަމުން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:9
22 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


އެ ހިނދު އެމަލާއިކަތާ މިފަދައިން ވިދާޅުވި. ’⁠ކަލޭގެފާނު ނިކަން ދެކިބަލާށޭ، ޖިމާޢުވަމުން ދިޔަ އެންމެހާ ގިތެޔޮތަކުގެ ތެރެއިން ޖިމާޢުވީ ހަމައެކަނި ރޮނގު ދެމި ތަކެއްޗާއި ލައްޖެހިފައިވީ ތަކެއްޗާއި އަދި ނިޝާނެއް ހުރި ތަކެއްޗޭ. މިފަދައިން އެކަންވުމަށް ތިމަންކަލާނގެ މެދުވެރި ކުރުވި ސަބަބަކީ ތިބާއާއި މެދު ލަބާން ކަންތައް ކުރަމުން ދާ ގޮތް ތިމަންކަލާނގެ ދެކެވޮޑިގަންނަވާތީއޭ.


އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.


ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


ދެން ޔޫސުފުގެފާނަކީ ކޮން ބޭކަލެއްކަން އެނގި ވަޑައި ނުގަންނަވާ ރަސްކަލަކު މިޞްރުގެ ރަސްކަމަށް އިސްވެ ވަޑައިގެންފިއެވެ.


އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.


އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


”⁠މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ