Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:6 - ކިތާބުލް މުޤައްދަސާ

6 އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:6
42 ပူးပေါင်းရင်းမြစ်များ  

އަބްރާމްއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ރަށާއި ތިމާގެމީހުންނާއި ތިބާގެ ބައްޕަގެ ގެ ދޫކޮށް ތިމަންކަލާނގެ ދައްކަވާ ރަށަކަށް ދަތުރު ކުރޭ.


ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


އަބްރާމް ބިމުގައި މޫނުޖައްސަވައި މާތްކަލާނގެއަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު މާތްކަލާނގެ ވަޙީކުރެއްވިއެވެ.


އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


ދެން ޔަޢުޤޫބުގެފާނު ބިރުފުޅުން ހުންނަވައި މިފަދައިން ވިދާޅުވެވުނެވެ. ”⁠މިއީ ޢަޖާއިބުވެ އަންތަރީސްވާފަދަ ތަނެއް! މިތަނަކީ ޙުރުމަތްތެރި ވެގެންވާ މާތްކަލާނގެ ގެކޮޅު. އަދި މިއީ ސުވަރުގެއަށް ދިއުމަށް ވާ ދޮރޯށިކޮޅުކަން ޔަޤީން.⁠“


ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު.


މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ. މިއަޅާ ސަލާމަތް ކޮށް ދެއްވީ އެކަލާނގެ. އެކަލާނގެއަކީ މިއަޅާގެ ކަލާނގެ. އެހެންވެ އެކަލާނގެއަށް ސަނާ ދަންނަވައި މިއަޅާ ލަވަކިޔަން. އެކަލާނގެއީ މިއަޅާގެ ކާބަފައިންގެ ވެރި އިލާހު. އެކަލާނގެ މަތިވެރި ކަމަށްޓަކައި މިއަޅާ ސަނާ ދަންނަވަން.


ދެން އަހަރެން އެމީހުންނާ އެކުގައި އެމީހުންގެ އިލާހުގެ ގޮތުގައި އެމީހުންގެ ތެރޭގައި ހުންނާނަން.


ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’⁠ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”⁠ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.


އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.⁠“


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“


އީސާގެފާނުގެ އަސްޙާބީންނަށް މި އަޑު އިވުނު ހިނދު އެބޭކަލުން ބިރުގަނެގެން ބަންޑުން ބިންމައްޗަށް ވެއްޓުނެވެ.


މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“


މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.⁠‘


މޫސާގެފާނު ވެސް މަރުވުމަށް ފަހު މީހުން ދިރުއްވޭނެ ކަން އެންގެވި. އެއީ އެކަލޭގެފާނު ހުޅުހިފާފާ ވީ ނަމަވެސް އެގަހެއް އަނދައިގެން ނުދިޔަ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވި އިރު މަތިވެރި މާތްރަސްކަލާނގެއަށް އިބްރާހީމްގެފާނުގެ ކަލާނގެއޭ، އިސްޙާޤުގެފާނުގެ ކަލާނގެއޭ އަދި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ މުޚާޠަބު ކުރެއްވި.


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


’⁠މިއީ ތިމަންކަލާނގެ. ކަލޭގެފާނުގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެ.⁠‘ މޫސާގެފާނަށް އެ އަޑުފުޅު އިވުމުން ބިރުން ގޮސް ރޫރޫއަޅަން ފެށި. އަދި އިތުރަށް އިސް އުފުލާ އެދިމާއަށް ބަލާލަން ވެސް ނުކެރުނު.


މީސްތަކުންނަށް މިޞްރުގައި ލިބެމުން ދާ އަނިޔާ އާއި އެމީހުންގެ ވޭނުން ފުރިފައި ވާ ރުއިމުގެ އަޑު ތިމަންކަލާނގެ އައްސަވާ ވޮޑިގެންފިމޭ. އެހެން ކަމުން ތިމަންކަލާނގެ އެމީހުން ސަލާމަތްކޮށް މިނިވަން ކުރާނަމޭ. އާދޭ. ތިމަންކަލާނގެ ކަލޭގެފާނު އަނބުރާ މިޞްރަށް ފޮނުވާނަމޭ.⁠‘


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


މި މަންޒަރުގެ ބިރުވެރިކަމުން މޫސާގެފާނު ބިރުފުޅުން ތުރުތުރުއެޅުއްވި ކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ