Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:4 - ކިތާބުލް މުޤައްދަސާ

4 މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”⁠މޫސާ! މޫސާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އާދެ! އަޅުގަނޑު އެބަހުރިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:4
18 ပူးပေါင်းရင်းမြစ်များ  

މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އިބްރާހީމް.⁠“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.⁠“


ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”⁠އިބްރާހީމް! އިބްރާހީމް!⁠“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”⁠އަޅާ ޙާޟިރުވެ އެބަ ހުރީމު!⁠“


ކުއްލިއަކަށް ޔަޢުޤޫބުގެފާނަށް ހޭފުޅުލެވި މިފަދައިން ހިތްޕުޅަށް އަރާވަޑައިގެންނެވިއެވެ. ”⁠ހަމަކަށަވަރުން މާތްރަސްކަލާނގެ މިތަނުގައި ވޮޑިގެންވޭ. އެހެނަސް އަހަރެންނަށް އެކަން އެނގިފައެއް ނެތް.⁠“


އެރޭގެ ވަގުތެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ނިދާ ފޮނުއްވައި މިފަދައިން އެކަލާނގެ ބަސްވަޙީ ކުރެއްވިއެވެ. ”⁠ޔަޢުޤޫބު ޔަޢުޤޫބު.⁠“ އަދި ޔަޢުޤޫބުގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަޅާ މިތަނުގައި ހުރީމު.⁠“


ދެން މޫސާގެފާނު މާތްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”⁠އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ.


އެތަނުގައި މާތްރަސްކަލާނގެ މަލާއިކަތާ އަލިފާނުގެ ހުޅުގަނޑެއް ފަދައިން އެކަލޭގެފާނަށް ފާޅުވެ ވަޑައި ގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ގަސްގަނޑުގައި އަލިފާން ރޯވެފައިވާ ތަނެވެ. ގަސްބޮނޑީގައި އަލިފާން ހުޅު ރޯވެފައި ހުރި އިރު ވެސް އެގަސްތައް އަނދަމުންނެއް ނުދެއެވެ.


އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ.


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“


ދެން ޕަތަރަސްއަށް އިވުނީ މި ފަދައިން ބުނެވޭ އަޑެވެ. ”⁠ޕަތަރަސް ކަލޭ މި ތަކެތި ކަތިލައިގެން ކައި.⁠“


އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“


ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”⁠ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟⁠“


މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”⁠ޞަމޫއީލް! ޞަމޫއީލް!⁠“ ޞަމޫއީލް ދެންނެވިއެވެ. ”⁠ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.⁠“


އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”⁠އަޅުގަނޑު ހާޒިރުވެ ހުރިން.⁠“


ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”⁠އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.⁠“ ”⁠ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.⁠“


ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”⁠އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.⁠“ ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ