Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:19 - ކިތާބުލް މުޤައްދަސާ

19 އެކަމަކު މިޞްރުގެ ރަސްގެފާނު ކަލޭމެން ދިއުމަށް ހުއްދަ ނުދޭނެކަން އަހަރެންނަށް އެނގޭ. އޭނާއަށް މަޖުބޫރުވެގެން ނޫނީ އެމީހުން ދާކަށް ދުލެއް ނުކުރާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:19
13 ပူးပေါင်းရင်းမြစ်များ  

އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.


މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.


އޭގެ ކުރީގައި މާތްރަސްކަލާނގެ ވަނީ މޫސާގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ. ”⁠ފިރުޢައުނު ކަލޭ ބުނާ އެއްޗެއް އަޑެއް ނާހާނެ. އަހަރެން މިޞްރުގެ ބިމުގައި ވަރުގަދަ މުޢުޖިޒާތްތަކެއް ދައްކާނަން.⁠“


ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.⁠‘


މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ފިރުޢައުނާ މެދު ކަންތައް ކުރާ ގޮތް ކަލޭ ބަލަން ހުރޭ. އަހަރެންގެ މީހުން ދިޔަ ދިނުމަށް އަހަރެންގެ ގަދަބާރުން އޭނާއަށް މަޖުބޫރު ކުރާނަން. އަސްލު، އަހަރެން އޭނާއަށް މަޖުބޫރު ކުރާނީ އެމީހުން އެ ބިމުން ބޭރުކޮށްލަން.⁠“


”⁠އެންމެ ރަނގަޅު. ދޭ!⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.⁠“


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިން ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. އަދި އިސްރާއީލީން ދިއުމަކަށް އެރަސްގެފާނު ހުއްދައެއް ވެސް ނުދެއްވިއެވެ.


ދެން ފިރުޢައުނު ރަސްގެފާނުގެ ވަޒީރުން ފޮނުއްވައިގެން މިކަންތައް ތަޙުޤީޤު ކުރައްވައިފިއެވެ. އެއީ ތެދެކެވެ. އިސްރާއީލުގެ މީހުންގެ އެންމެ ޖަނަވާރެއް ވެސް މަރުވެފައެއް ނެތެވެ. އެހެން ވިޔަސް ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. ރަސްގެފާނު އެމީހުން ދިޔަކަ ނުދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ