ނެރުއްވުން 3:18 - ކިތާބުލް މުޤައްދަސާ18 ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.‘ အခန်းကိုကြည့်ပါ။ |
މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.
އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.‘
ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.
އެދެބޭކަލުން ދެންނެވިއެވެ. ”ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.“