ނެރުއްވުން 3:17 - ކިތާބުލް މުޤައްދަސާ17 އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.“‘ အခန်းကိုကြည့်ပါ။ |
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.“
ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް.
އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.