Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:15 - ކިތާބުލް މުޤައްދަސާ

15 އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠އިސްރާއީލީންގެ ގާތުގައި ބުނޭ: ’⁠އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:15
41 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ.


މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ. މިއަޅާ ސަލާމަތް ކޮށް ދެއްވީ އެކަލާނގެ. އެކަލާނގެއަކީ މިއަޅާގެ ކަލާނގެ. އެހެންވެ އެކަލާނގެއަށް ސަނާ ދަންނަވައި މިއަޅާ ލަވަކިޔަން. އެކަލާނގެއީ މިއަޅާގެ ކާބަފައިންގެ ވެރި އިލާހު. އެކަލާނގެ މަތިވެރި ކަމަށްޓަކައި މިއަޅާ ސަނާ ދަންނަވަން.


އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު. އެކަލާނގެ ނަންފުޅަކީ ޔަހޫވޭ.


އަނެއްކާވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އަޅުގަނޑު އެމީހުންގެ ގާތަށް ގޮސް އަޅުގަނޑު މިއައީ ކަލޭމެންގެ ކާބަފައިންގެ ވެރި ކަލާނގެ ފޮނުއްވީމައޭ ބުނާއިރަށް އެމީހުން އަހާނެ. ’⁠އެކަލާނގެ ނަންފުޅަކީ ކޮބައިހޭ؟⁠‘ ދެން އަޅުގަނޑު ބުނާނީ ކީކޭތޯ؟⁠“


އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.


އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”⁠އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’⁠މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.⁠‘⁠“


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“


މާތްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެންގެ ނަމަކީ ޔަހޫވޭ. ވޮޑިގެންވާ ކަލާނގެ.


މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ސާލިހަކަށް ރައްކާތެރިކަން ލިބިގެންވެއެވެ.


މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


’⁠މިއީ ތިމަންކަލާނގެ. ކަލޭގެފާނުގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެ.⁠‘ މޫސާގެފާނަށް އެ އަޑުފުޅު އިވުމުން ބިރުން ގޮސް ރޫރޫއަޅަން ފެށި. އަދި އިތުރަށް އިސް އުފުލާ އެދިމާއަށް ބަލާލަން ވެސް ނުކެރުނު.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ