ނެރުއްވުން 3:13 - ކިތާބުލް މުޤައްދަސާ13 އަނެއްކާވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”އަޅުގަނޑު އެމީހުންގެ ގާތަށް ގޮސް އަޅުގަނޑު މިއައީ ކަލޭމެންގެ ކާބަފައިންގެ ވެރި ކަލާނގެ ފޮނުއްވީމައޭ ބުނާއިރަށް އެމީހުން އަހާނެ. ’އެކަލާނގެ ނަންފުޅަކީ ކޮބައިހޭ؟‘ ދެން އަޅުގަނޑު ބުނާނީ ކީކޭތޯ؟“ အခန်းကိုကြည့်ပါ။ |
އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”އިސްރާއީލީންގެ ގާތުގައި ބުނޭ: ’އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.‘
މާތްރަސްކަލާނގެ ނޫން ފަރާތަކަށް އުޑަށް އަރާވޮޑިގަންނަވައި ބިމަށް ފައިބާ ވޮޑިއެއް ނުގަނެވޭނެއެވެ. ވައިރޯޅި އެފަރާތެއްގެ އަތްޕުޅު ތެރޭގައި ހިފަހައްޓަވަނީ ކޮންފަރާތަކުން ހެއްޔެވެ؟ ރަޖާގަނޑެއްހެން ކަނޑު އޮޅާލައްވަނީ ކޮންފަރާތަކުން ހެއްޔެވެ؟ މިއޮތް ފުޅާ ދުނިޔެ އުފެއްދެވީ ކޮން ފަރާތަކުން ހެއްޔެވެ؟ އެކަލާނގެ އާއި އެކަލާނގެ ދަރިކަލުންގެ ނަންފުޅު އެނގެންޏާ ނިކަން ބުނެބަލާށެވެ!
އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.