ނެރުއްވުން 3:12 - ކިތާބުލް މުޤައްދަސާ12 އެކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.“ အခန်းကိုကြည့်ပါ။ |
ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން.
މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’ނަމަވެސް އެމީހުން އެ ފަދައިން އަޅުވެތި ކުރި ޤައުމަށް ތިމަންކަލާނގެ ކޯފާލައްވާނަމޭ.‘ ދެން އެއަށް ފަހު އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެ ޤައުމުން ބޭރަށް ގޮސް އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް މާތްރަސްކަލާނގެ ދެއްވާނެ ބިމުގައި އެބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ ކަމުގައި ވެސް މާތްރަސްކަލާނގެ އެންގެވި.