Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:10 - ކިތާބުލް މުޤައްދަސާ

10 އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:10
20 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން.


އިސްރާއީލީން މިޞްރުގައި އުޅޭތާ އޭރު ހަތަރުސަތޭކަ ތިރީސް އަހަރު ވެއްޖެއެވެ.


އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.


އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ.


ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.⁠“


”⁠އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ⁠“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.


މީސްތަކުންނަށް މިޞްރުގައި ލިބެމުން ދާ އަނިޔާ އާއި އެމީހުންގެ ވޭނުން ފުރިފައި ވާ ރުއިމުގެ އަޑު ތިމަންކަލާނގެ އައްސަވާ ވޮޑިގެންފިމޭ. އެހެން ކަމުން ތިމަންކަލާނގެ އެމީހުން ސަލާމަތްކޮށް މިނިވަން ކުރާނަމޭ. އާދޭ. ތިމަންކަލާނގެ ކަލޭގެފާނު އަނބުރާ މިޞްރަށް ފޮނުވާނަމޭ.⁠‘


އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވީ އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ ޤައުމު ނޫން ބީރައްޓެހި ޤައުމެއްގައި އުޅެން ޖެހޭނެ ކަމުގަ. އަދި އެ ރަށުގައި އަޅުންގެ ގޮތުގައި ވަރަށް އަނިޔާލިބި ހަތަރުސަތޭކަ އަހަރު ހޭދަކުރާނެ ކަމުގަ.


މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’⁠ނަމަވެސް އެމީހުން އެ ފަދައިން އަޅުވެތި ކުރި ޤައުމަށް ތިމަންކަލާނގެ ކޯފާލައްވާނަމޭ.⁠‘ ދެން އެއަށް ފަހު އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެ ޤައުމުން ބޭރަށް ގޮސް އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް މާތްރަސްކަލާނގެ ދެއްވާނެ ބިމުގައި އެބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ ކަމުގައި ވެސް މާތްރަސްކަލާނގެ އެންގެވި.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއީ މޫސާގެފާނާއި ހާރޫނުގެފާނު ޚިޔާރު ކުރެއްވި ރަސްކަލާނގެ. އެއީ ކަލޭމެންގެ ކާބަފައިން މިޞްރުން ނެރުއްވައި މިންޖު ކޮށްދެއްވި ރަސްކަލާނގެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ