Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 3:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 3:1
33 ပူးပေါင်းရင်းမြစ်များ  

އަހަރެން އެވަގުތު ޙޫރީބު ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.⁠“ އެހެންވެ އެގޮތުގެ މަތިން މޫސާގެފާނު އަސާކޮޅުން އެހިލައިގައި ޖެއްސެވުމުން އެތަނުން ފެން އޮހިގަތެވެ. އޭރު އެމީހުންގެ ބޮޑުން އެތަން ބަލަން ތިއްބެވެ.


ދެން ޔަޘްރޫ ގޮސް މާތްކަލާނގެއަށް ޤުރުބާނީ ވެދުން ކުރާނެ ތަކެތި ހިފައިގެން އަތުވެއްޖެއެވެ. ހާރޫނުގެފާނާއި އިސްރާއީލީންގެ ބޮޑުން ވެސް މާތްކަލާނގެ ކިބަފުޅަށް ކުރެވުނު އެ ޤުރުބާނީގެ ހަފުލާގައި ބައިވެރިވިއެވެ.


ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.


އެމީހުން ރަފީދީމު އިން ފޭލިގެ ނަގައިގެން އައިސް ޠޫރުސީނާ ފަރުބަދަ ކައިރީގައި ޖަގަހަ ޖަހައިފިއެވެ.


ދެން މޫސާގެފާނު މާތްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”⁠އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


އެކުދިން ގެޔަށް އައުމުން އެކުދިންގެ ބައްޕަ ރަޢޫއީލު އެއްސެވެ. ”⁠މިއަދު މިހާ އަވަހަށް ކަލޭމެން ތިޔަ އައީ ކީއްވެ؟⁠“


ދެން އެގޭގައި ހުންނެވުމަށް ރަޢޫއީލު މޫސާގެފާނަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާ ގެ އަންހެންދަރި ސޮފޫރާ ވެސް އެކަލޭގެފާނާއި ކައިވެނި ކުރުވިއެވެ.


އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ.


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިޔަށް ވުރެ ކައިރިއަށް ނާދޭ! ކަލޭ އަރައިގެން ތިޔަ ހުރި ފައިވާނުން ފައިބާ! ކަލޭ ތިޔަ ހުރީ ޙުރުމަތްތެރި ބިމެއްގަ.


އެހެންވެ ޠޫރުސީނާއާ ދުރަށް އެމީހުން ދިޔަފަހުން ރީތި ހެދުމެއް ޖަވާހިރެއް ގަހަނާއެއް އެއިން މީހަކު ނާޅައެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.⁠“ ”⁠ސަލާމަތް ކަމާއެކު ދޭ!⁠“ ޔަޘްރޫ ބުންޏެވެ.


މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!⁠“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ.


ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ.


މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި.


އެހެންވެ އެކަލޭގެފާނު އެއްސެވިއެވެ. ”⁠ދެން އެހެން ދަރިޔަކު ނެތްތަ؟⁠“ ”⁠ނޫން އެންމެ ހަގު ކުއްޖާ ވެއްޖެ ބަކަރި ހުއިހައްޕަން ގޮސް.⁠“ ޔައްސާ ދެންނެވިއެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އޭނާ ބަލާ ފޮނުވާ. އޭނާ ނާންނަނީސް ކައިބޮއި ހަދާކަށް ނުއިށީންނާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ