5 ހާރޫނު އިމާމު ކަމުގެ ހެދުން ލައްވާ. އެއީ ގަމީހާއި އަފޫދު ހެދުންކޮޅުގެ ދަށުން ލާ ޖުއްބާއާއި، އަފޫދު ހެދުންކޮޅާއި މޭމަތީ އަޅާ ފޮތިގަނޑު. އަދި ކުރެހުން އެޅި ކަމަރުން އަފޫދު ހަރުކުރޭ.
”ދެން ވަރަށް ފަންނުވެރި ކަމާއެކު މޭމަތީ ފޮތިގަނޑު އަފޫދާ އެއް ވައްތަރަކަށް ތައްޔާރު ކުރޭ. މި ފޮތިގަނޑު ރަނާއި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ވިޔޭ. އަހަރެންގެ ކިބައިން ކަންކަމަށް މަގުދެއްކުން އެދޭ ހިނދު މި ފޮތިގަނޑު އަޅާ.
”އަފޫދު ހެދުމުގެ ދަށުން ލާ ހެދުން އޮންނަން ވާނީ ނޫކުލައިގަ އެއް ފޮތިގަނޑަކުން.
ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރު ވެސް ޖަރީކޮށްގެން ހަދާ.