Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 29:34 - ކިތާބުލް މުޤައްދަސާ

34 އެމީހުން ކައި ނިމިގެން އެއްޗެއް ހެނދުނު ވަންދެން ބާކީވެފައި ހުރެއްޖެ ނަމަ އެއެއްޗެއް އަންދާލެވެން ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 29:34
10 ပူးပေါင်းရင်းမြစ်များ  

އަނެއް ދުވަހު އިރު އަރާއިރު އޭގެ އެންމެ އެތިކޮޅެއް ވެސް ބަހައްޓައިގެން ނުވާނެޔޭ. ނުކެވުނު އެއްޗެއް ވިއްޔާ އަންދާލާށޭ.


ދެން މޫސާގެފާނު ވިދާޅުވިއެވެ. ”⁠ހެނދުނު ވަންދެން އެއްވެސް އެއްޗެއް ބާކީކޮށްފަ ނުބަހައްޓާތި.⁠“


ކަލޭމެން، ލޭ އޮހަރައި ކުރާ ޤުރުބާނީއާއެކު ކަމީރުކުރި ފުށުން ފިހެފައިވާ ރޮއްޓެއް ފަދަ އެއްޗެއް ޤުރުބާނީއަކަށް ހުށަނާޅާތި. އަދި ޤުރުބާނީގެ ސަރުބީތައް އަނެއްދުވަހު ހެނދުނާ ހަމަޔަށް ނުބަހައްޓާތި.


މިއީ ހާރޫނާއި އޭނާގެ ދަރިން އަހަރެންގެ ޚިދުމަތަށް ޚިޔާރު ކުރުމަށް ކުރެވޭ ކަމެއް. އެހެންވެ އެކަންބަޅީގެ ސަރުބީއާއި ނަގުލުގެ ބޮޑުބަޔާއި އެތެރޭގެ ގުނަވަންތަކުގެ ސަރުބީއާއި މޭގަނޑާއި ގުރުދާއާއި ކަނާތު ފައިގެ ފަލަމަސްގަނޑުގެ ބައެއް ނަގާ.


ދެން ހާރޫނު އިސްކުރުމަށް ޤުރުބާނީ ކުރެވުނު ކަންބަޅީގެ މޭމަތީގެ މަސްތައް އުފުލައި އަހަންނަށް ހުށަހަޅާ. އެ ތަކެއްޗަކީ ކަލެއަށް ވީ ބައި.


މީގެ ފަހުން އިސްރާއީލީން އަހަންނާމެދު ގުޅުންބަދަހި ކުރުމުގެ ޤުރުބާނީތަކުން ވެސް މި ބައިތައް ވަކި ކުރޭ. މިއީ އަބަދުވެސް އިމާމުންނަށް ޙައްޤުވާ ބައި. މިއީ އަހަރެންގެ ކިބައަށް އިސްރާއީލީން ހުށަހަޅާ ކަރާމާތްތެރި ތަކެތި.


އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ