30 އޭނާގެ ދަރިކޮޅު މީހުންގެ ތެރޭން އުއްތަމަ އިމާމުގެ ހެދުން ލާމީހާ ހަތްދުވަސް ވަންދެން ފޭލިގެކޮޅުގެ މާތް މަޤާމުފުޅުގައި މި ހެދުމުގައި ހޭދަ ކުރަން ވާނެ.
ނޫޙުގެފާނު ކުރިއެކޭ އެއްފަދައިން ހަތްދުވަސް ވަންދެން މަޑުކުރެއްވުމަށް ފަހު އަނެއްކާ ވެސް އެހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ.
މިއަށް ފަހު ހަތް ދުވަހު މަޑުކުރެއްވުމަށް ފަހު ނޫޙުގެފާނު އަނެއްކާވެސް އެ ހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. މިފަހަރު އެ ކޮތަރު އެނބުރި އެކަލޭގެފާނުގެ އަރިހަކަށް ނައެވެ.
ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.
ހާރޫނުގެ ކަރާމާތްތެރި ހެދުންތައް އޭނާގެ ދަރިކޮޅު މީހުންނަށްޓަކައި ރައްކާ ކުރަން ވާނެ. އެމީހުން ވެސް އިމާމުކަމަށް އައްޔަން ވުމުން އެ ހެދުން ލާން ވާނެ.
މި މީހުން އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ގެންގުޅުނު ފިރިހެން ކަންބަޅި މުޤައްދަސް ތަނަކަށް ގެންގޮސް ފެނުކައްކާ.
ހާރޫނާއި އޭނާގެ ދަރިން މި މަޤާމަށް ހޮވުމުގެ ރަސްމިއްޔާތު އޮންނަންވީ ގޮތަކީ މިއީ. މިކަން ކުރަން ވާނީ އަހަރެން މި އެންގި ގޮތަށް. މި ރަސްމު ހަތް ދުވަހަށް ދެމިގެން ދާން ވާނެ.
އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.