29 ހާރޫނުގެ ކަރާމާތްތެރި ހެދުންތައް އޭނާގެ ދަރިކޮޅު މީހުންނަށްޓަކައި ރައްކާ ކުރަން ވާނެ. އެމީހުން ވެސް އިމާމުކަމަށް އައްޔަން ވުމުން އެ ހެދުން ލާން ވާނެ.
ހާރޫނަށް އުއްތަމަ އިމާމަކަށް އެކަށީގެންވާ ފަދަ ހައިބަވެތި ރީތި ހެދުންތައް ފަހާދީ.
މީގެ ފަހުން އިސްރާއީލީން އަހަންނާމެދު ގުޅުންބަދަހި ކުރުމުގެ ޤުރުބާނީތަކުން ވެސް މި ބައިތައް ވަކި ކުރޭ. މިއީ އަބަދުވެސް އިމާމުންނަށް ޙައްޤުވާ ބައި. މިއީ އަހަރެންގެ ކިބައަށް އިސްރާއީލީން ހުށަހަޅާ ކަރާމާތްތެރި ތަކެތި.
އޭނާގެ ދަރިކޮޅު މީހުންގެ ތެރޭން އުއްތަމަ އިމާމުގެ ހެދުން ލާމީހާ ހަތްދުވަސް ވަންދެން ފޭލިގެކޮޅުގެ މާތް މަޤާމުފުޅުގައި މި ހެދުމުގައި ހޭދަ ކުރަން ވާނެ.
އަދި ހާރޫނާއި އޭނާގެ ދަރިން ވެސް އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރެވޭ ވަރަށް ކަރާމާތްތެރި ކުރޭ.
އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.“