Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 29:21 - ކިތާބުލް މުޤައްދަސާ

21 ދެން މިތަނުން ލޭފޮދަކާއި ކަރާމާތްތެރި ތެޔޮފޮދަކާ އެއްކޮށް ހާރޫނުގެ ގަޔަށާއި ހެދުމަށް ބުރުވާލާ. އަދި އޭނާގެ ދަރިންގެ ގަޔަށާއި އެމީހުންގެ ހެދުމަށް ވެސް ބުރުވާލާ. އޭރުން އެމީހުންނާއި އެމީހުންގެ ހެދުންތައް ކަރާމާތްތެރިވެ މާތް ވެދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 29:21
16 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެންނަށް ޚިދުމަތް ކުރުމަށް ހާރޫނާއި އޭނާގެ ދަރިން އައްޔަން ކުރާއިރު އެކަމުގެ ރަސްމިއްޔާތެއް އޮންނަން ޖެހޭނެ: އެކަމަށްޓަކައި އެއްވެސް ލަކެއް އައިބެއް ނެތް ޅަ ފިރިހެން ގެރިއަކާއި ފިރިހެން ދެ ކަންބަޅި ހޯދާ.


މިއެތި ކަތިލުމަށް ފަހު އޭގެ ލެއިން ބައެއް ހާރޫނާއި އޭނާގެ ދަރިންގެ ކަނާތްފަރާތު ކަންފަތު ފޫޅުގައި ހާކާލާ. އަދި އެ ލޭގެ ބައެއް އެމީހުންގެ ކަނާތު ބޮޑުވާ އިނގިއްޔާއި ފައިގެ ބޮޑުވާ އިނގިލީގައި ވެސް ހާކާ. ބާކީ ހުރިލޭ ޤުރުބާނީ އަށީގެ ވަށައިގެން ބުރުވާލާ.


މިއީ ހާރޫނާއި އޭނާގެ ދަރިން އަހަރެންގެ ޚިދުމަތަށް ޚިޔާރު ކުރުމަށް ކުރެވޭ ކަމެއް. އެހެންވެ އެކަންބަޅީގެ ސަރުބީއާއި ނަގުލުގެ ބޮޑުބަޔާއި އެތެރޭގެ ގުނަވަންތަކުގެ ސަރުބީއާއި މޭގަނޑާއި ގުރުދާއާއި ކަނާތު ފައިގެ ފަލަމަސްގަނޑުގެ ބައެއް ނަގާ.


ދެން އޭނާގެ ބޮލަށް ޒައިތޫނި ތެޔޮ އަޅައި އެކަމަށް އައްޔަން ކުރޭ.


އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.⁠“


އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟


އަސްލުގައި މޫސާގެފާނުގެ ޤާނޫނުގެ ދަށުން ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ސާފުތާހިރު ކުރެވެނީ ލެއިންނެވެ. ލޭ އޮހޮރިގެން ނޫން ގޮތަކުން ފާފައިން ވެސް އަފޫވުމެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ