17 ދެން އެ ކަންބަޅި ކުދިކުދިކޮށް ކޮށައި ދޮވެ އެތެރޭގެ ގުނަވަންތަކާއި ފައިތައް ދޮވެ އޭގެ ބޮލުގެ މަތީ ބަހައްޓާ.
އޭގެ އެއްވެސް މަހެއް ރޮލާ ނުވަތަ ފެނުކައްކައިގެން ނުކާށޭ. މުޅި ޖަނަވާރު އެއްކޮށް، ބޮލާއި، ފަޔާއި އެތެރޭގައި ހުރި ހުރިހާ އެއްޗެއް އެކުލެވޭ ގޮތަށް އަލިފާން މަތީ ބަހައްޓައިގެން ފިހޭށޭ.
އެ އެތި ކަތިލައި އޭގެ ލޭ ޤުރުބާނީ އަށީގެ ހުރިހާ ފަރާތަކަށް ބުރުވާލާ.
ދެން އެ ޖަނަވާރު އެއްކޮށް ޤުރުބާނީ އަށިމަތީ އަންދާލާ. މިއީ ތިމަންރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއެއް. މިއީ އެކަލާނގެއަށް ވެދުން ކުރެވޭ ވަސްމީރު ހަދިޔާއެއް.
އޭ ލޯކަނު ފަރީސީންނޭ! ކަލޭމެންގެ ޖޯޑާއި ކާތަށީގެ އެތެރެ ފުރަތަމަ ސާފުކުރޭ. އޭރުން ބޭރު ވެސް ހުންނާނީ އޭގެ ޒާތުގައި ސާފުވެފައި.