11 ދެން އެ އެތި ގެކޮޅުގެ ކުރިމައްޗަށް ގެނެސް އަހަރެންގެ ކުރިމަތީ ކަތިލާ.
ދެން ޅަ ފިރިހެން ގެރި، ގެކޮޅުގެ ކުރިމައްޗަށް ގެނޭ. އެއަށް ފަހު ހާރޫނާއި އޭނާގެ ދަރިން އެސޮރުމެންގެ ބޯމަތީގައި އަތް ބާއްވާލާ.
އޭގެ ލެއިން ބައެއް ޤުރުބާނީ އަށީގައިވާ ދަޅުތަކުގައި ކަލޭގެ އިނގިލިން ހާކާ. ބާކީ ހުރިލޭ އަށީގެ ބުޑަށް އޮއްސާލާ.
ދެން ހާރޫނާއި އޭނާގެ ދަރިން އެތަނަށް ހާޒިރުކޮށް އެމީހުން ފެންވަރުވާ.