9 ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ.
އެއީ ސާފު ރަނެވެ. އަދި އެ ސަރަހައްދުގައިވާ ގަސްތަކުން ލިބޭ ކިރަކީ ތަދު ބާވަތެއްގެ މީރުވަސްދުވާ ހުވަނދެކެވެ. ސުލައިމާނު މުތީއޭ ކިޔާ ޖަވާހިރު ވެސް އެބިމުގައި ވެއެވެ.
ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.
ކޮންމެ ހިލަކޮޅެއްގައި ލިޔާނީ ހަ ނަން. އެ ނަންތައް ލިޔަން ވާނީ އިސްރާއީލުގެ އެ ދަރިން އުފަންވި ތަރުތީބުން.
ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި، ޔަމަނު ޢަޤީޤަކާއި، ފެހި ޔަޝްބެއް ހަރުކުރޭ. މި ހުރިހާ ޖަވާހިރެއް ވެސް ހުންނަން ވާނީ ރަނުގެ އޮނިގަނޑެއްގައި ހަރުކޮށްފައި.
ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި‘.
އަދި އުނަގަނޑުގައި އަޅާ ކަމަރެއް ވެސް ހަމަ އެ ފޮތިން ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްގެން ހަދާ.
އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ.
އަދި ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި ޔަމަނު ޢަޤީޤަކާއި ފެހި ޔަޝްބެކެވެ.
ދެން އޭގައި އެމީހުން ރަނުން ވޮއްޓެއް ހަދައި ޔަމަނު ޢަޤީޤު ހިލަ އެ ވޮށީގައި ހަރުކޮށް އިސްރާއީލީންގެ ބާރަ ގަބީލާގެ ނަންތައް ތަތްގަނޑެއް ކަނޑައި ނަގާ ފަދައިން ކުޅަދާނަ ކަމާއެކު ލިޔެ ބިންވަޅު ނަގައިފިއެވެ.