8 އަދި އުނަގަނޑުގައި އަޅާ ކަމަރެއް ވެސް ހަމަ އެ ފޮތިން ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްގެން ހަދާ.
މި ހެދުމުގައި ކުރިމައްޗާއި ފުރަގަސް ހުންނަން ވާނީ ކޮނޑުމަތިން ދެ ފޮތިކޮޅަކުން ގުޅިފައި.
ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ.
ހާރޫނު އިމާމު ކަމުގެ ހެދުން ލައްވާ. އެއީ ގަމީހާއި އަފޫދު ހެދުންކޮޅުގެ ދަށުން ލާ ޖުއްބާއާއި، އަފޫދު ހެދުންކޮޅާއި މޭމަތީ އަޅާ ފޮތިގަނޑު. އަދި ކުރެހުން އެޅި ކަމަރުން އަފޫދު ހަރުކުރޭ.
އަދި ޒީނަތްތެރި ކުރެވިފައިވާ ކަމަރު ވެސް ހަދާފައި ވަނީ މޮޅު ލިނެން ފޮތިންނެވެ. އެވެސް ވަނީ ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްފައެވެ. އެއީ ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.
އެހެންވީމާ، ސާފުސީދާ ގޮތުގައި ވިސްނާ، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ.
އަދި އެ ތަކެތީގެ މެދުގައި އިންސާނާގެ ދަރިކަލުން ފަދަ މީހަކު ވިއެވެ. އެމީހަކު ލައިގެން ހުރި ރިދާކޮޅު އެމީހެއްގެ ފައިތިލައާއި ހަމައަށް ދިގުވެގެންވިއެވެ. އަދި މޭމަތީގައި ވަށައިގެން ރަން ބާސްކީއްޔެއް އަޅާފައިވިއެވެ.