ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.