Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:41 - ކިތާބުލް މުޤައްދަސާ

41 ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:41
24 ပူးပေါင်းရင်းမြစ်များ  

”⁠ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށްވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލުންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް.


މިހެދުމުގައި މޭމަތީ ފޮތިގަނޑަކާއި، އަފޫދާއި، ބޭރުން ލާ ޖުއްބާއަކާއި، ގަތާފައިވާ ގަމީހަކާއި، ފަގުޑިއަކާއި، އުނަގަނޑު ކަމަރެއް އެކުލެވިފައި ވާން ވާނެ. މި ހައިބަވެތި ހެދުންތައް ތައްޔާރު ކުރުވާފައި ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ލައްވައި އަހަންނަށް ޚިދުމަތް ކުރުވަން އެމީހުން ބައިތިއްބާ.


މިތަކެތި ހާރޫނާއި އޭނާގެ ދަރިންގެ އަތަށް ދީ އެމީހުން ލައްވައި އެއެއްޗެހި އުފުލައި އަހަންނަށް ވެދުން ހުށަހަޅާ.


ހާރޫނާއި އޭނާގެ ދަރިން މި މަޤާމަށް ހޮވުމުގެ ރަސްމިއްޔާތު އޮންނަންވީ ގޮތަކީ މިއީ. މިކަން ކުރަން ވާނީ އަހަރެން މި އެންގި ގޮތަށް. މި ރަސްމު ހަތް ދުވަހަށް ދެމިގެން ދާން ވާނެ.


ދެން އޭނާގެ ބޮލަށް ޒައިތޫނި ތެޔޮ އަޅައި އެކަމަށް އައްޔަން ކުރޭ.


ދުން ތައްޔާރު ކުރާ މީހުން ބޭނުންކުރާ އުކުޅުތައް ބޭނުންކޮށް މި ތަކެތި އެއްކޮށް ގަށައި އަދި މާތްކަމާއި ސާފު ތާހިރުކަން މަތީ ބެހެއްޓުމަށް އެއަށް ލޮނު އަޅާ.


ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ.


އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުން ވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.⁠“


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


މީހަކު ކިތަންމެ ބޭނުންވިޔަސް އޭނާއަކަށް އަމިއްލައަކަށް އުއްތަމަ އިމާމަކަށް ނުވެވޭނެއެވެ. އިމާމަކު އައްޔަން ކުރެއްވޭނީ މާތްރަސްކަލާނގެއަށެވެ. ހާރޫނުގެފާނަށް އުއްތަމަ އިމާމުކަން ދެއްވީ ވެސް މާތްރަސްކަލާނގެއެވެ.


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތަށް ހޮވޭ އިމާމުންގެ ކިބައިގައި އިންސާނީ ބަލިކަށިކަން ހުރެއެވެ. އެހެންކަމުން ޤާނޫނުގެ ފަހުން މާތްރަސްކަލާނގެ ހުވާފުޅަކާއެކު ކުރެއްވި ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން އިމާމަކަށް ޚިޔާރު ކުރެއްވީ އެކަލާނގެ ދަރިކަލުންނެވެ. އެދަރިކަލުންނަކީ އަބަދަށްޓަކައި އެންމެ ފުރިހަމަ އިމާމުކަމުގައި އެކަލާނގެ ވަނީ ހައްދަވާފައެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ