37 މި މެޑެލި އޮންނަން ވާނީ ހާރޫނުގެ ފަގުޑީގެ ކުރިމަތީގައި ނޫކުލައިގެ ފަށަކުން އެލުވާފައި.
ދެން ތިރީގެ ދެ ބޮޅުގައި ނޫ ފަށެއް ޖަހައި އަފޫދު ހެދުމުގައިވާ ދެ ބޮޅުގައި ހަރުކުރޭ. މި ގޮތުން އަފޫދު ހެދުމުގެ މަތީން މޭމަތީ ފޮތިގަނޑު އުނަގަނޑުގެ ބަންދުގެ މަތީ ކައިރިފަށުގައި ލާފައިވާ ރަނުގެ ބޮޅުގައި ރަނގަޅަށް ހަރުކޮށްލެވޭނެ.
”އަފޫދު ހެދުމުގެ ދަށުން ލާ ހެދުން އޮންނަން ވާނީ ނޫކުލައިގަ އެއް ފޮތިގަނޑަކުން.
ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި‘.
ހާރޫނު އިސްރާއީލުގެ މީހުންގެ މަތިން ޤުރުބާނީ ވެދުން ކުރާއިރު އެމީހުންގެ ފާފަތަކަށް އޭނާ ޒިންމާވެ އޭނާގެ ނިތްކުރީގައި މި އެތި އަޅައިގެން ހުންނަން ވާނެ. އޭރުން އެމީހުން ވެދުން ކުރުމުގައި ކުށެއް ކުރިޔަސް އެވެދުން ކުރާ އެއްޗެއް އަހަރެން ގަބޫލު ކުރާނަން.
މިހެދުމުގައި މޭމަތީ ފޮތިގަނޑަކާއި، އަފޫދާއި، ބޭރުން ލާ ޖުއްބާއަކާއި، ގަތާފައިވާ ގަމީހަކާއި، ފަގުޑިއަކާއި، އުނަގަނޑު ކަމަރެއް އެކުލެވިފައި ވާން ވާނެ. މި ހައިބަވެތި ހެދުންތައް ތައްޔާރު ކުރުވާފައި ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ލައްވައި އަހަންނަށް ޚިދުމަތް ކުރުވަން އެމީހުން ބައިތިއްބާ.
ދެން އޭނާގެ ބޮލުގައި ފަގުޑި އަޅުވާ. އަދި އޭގައި ކަރާމާތުގެ މެޑެލި ހަރުކުރޭ.