Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:36 - ކިތާބުލް މުޤައްދަސާ

36 ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’⁠މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި⁠‘.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:36
22 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.⁠‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.⁠“


މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ.


ހާރޫނު އަހަރެންގެ ގާތަށް އަންނައިރު އަންނަން ވާނީ މި ހެދުން އަޅައިގެން. އޭނާ ވަންނަ އިރާއި ނުކުންނައިރު އެ ކުދި ރަނގަބީލުތައް ތެޅޭ އަޑު އިވެން ޖެހޭނެ. މި ހެދުމުގައި ހުރެ އޭނާ އެތަނަށް ވަނަކަސް އޭނާ މަރެއް ނުވާނެ.


މި މެޑެލި އޮންނަން ވާނީ ހާރޫނުގެ ފަގުޑީގެ ކުރިމަތީގައި ނޫކުލައިގެ ފަށަކުން އެލުވާފައި.


ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ.


ދެން އޭނާގެ ބޮލުގައި ފަގުޑި އަޅުވާ. އަދި އޭގައި ކަރާމާތުގެ މެޑެލި ހަރުކުރޭ.


އެމީހުން ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށް ވެސް މޮޅު ލިނެން ފޮތީގެ ގަމީސްތައް ތައްޔާރު ކުރިއެވެ.


އެންމެ ފަހުން އެމީހުން ކަރާމާތްތެރި މެޑެލިވެސް ރަތުރަނުން ތައްޔާރުކޮށްފިއެވެ. އޭގައި އެމީހުން މި ލަފުޒުތައް ކަނޑައި ބިންވަޅު ނެގިއެވެ. ”⁠މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި.⁠“


އެމީހުން މި މެޑެލް ހާރޫނުގެފާނުގެ ފަގުޑިކޮޅުގައި ނޫފަށަކުން އެލުވިއެވެ. މިކަން ވެސް އެ ހިނގީ މޫސާގެފާނުގެ ގާތު މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތަށެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ