34 ރަނުގެ މި ރަނގަބީލުތަކާއި އަންނާރުތައް ހުންނަން ވާނީ އަންނާރެއްގެ ފަހު ރަނގަބީލެއް ހުންނާނެހެން މުޅި ފަސްބާގެ ވަށައިގެން އެލުވާފައި.
އަދި ނުލާއި، ދަނބާއި، ގަދަރަތް އުއިން އަންނާރު ސިފައިގައި އުއި ގުޅަތައް ވަށައި މި އުއި ގުޅަތައް އެ ހެދުމުގެ ފަސްބައިގައި ހަރުކުރޭ. އޭގެ ދެ އަންނާރު ދެމެދުގައި ރަނުގެ ރަނގަބީލުތައް ހަރުކުރޭ.
ހާރޫނު އަހަރެންގެ ގާތަށް އަންނައިރު އަންނަން ވާނީ މި ހެދުން އަޅައިގެން. އޭނާ ވަންނަ އިރާއި ނުކުންނައިރު އެ ކުދި ރަނގަބީލުތައް ތެޅޭ އަޑު އިވެން ޖެހޭނެ. މި ހެދުމުގައި ހުރެ އޭނާ އެތަނަށް ވަނަކަސް އޭނާ މަރެއް ނުވާނެ.
އަފޫދު ހެދުންކޮޅު ދަށުން ލާ ހެދުން ވެސް ބަޞަލީލު ތައްޔާރު ކުރީ އެއް ފޮތިގަނޑަކަށް ވިޔެފައިވާ ނޫ ކުލައިގެ ކެހެރި ފޮތިންނެވެ.
އެހެންކަމުން ފަސްބައިގައި އެލުވާފައި ވަނީ އަންނާރު ގުޅައަކާ ޖެހި ރަނގަބީލެކެވެ. މިއީ މާތްރަސްކަލާނގެއަށް ޚިދުމަތް ކުރާ ހިނދު އަޅާ ރިދާކޮޅެކެވެ. މިވެސް މި ތައްޔާރުވީ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވި ގޮތަށެވެ.
ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.
މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.