32 އޭގައި ހާރޫނުގެ ބޯ ވަންނަވަރުގެ ބާގަނޑެއް ކަނޑައި ގިރުއާނެއް ގޮތުގައި އެ ބާގަނޑުގެ ކައިރިފަށް ވިޔެފައި ބަހައްޓާ. އެއީ އެ ފޮތިގަނޑު ވީދުނަ ނުދިނުމަށް.
”އަފޫދު ހެދުމުގެ ދަށުން ލާ ހެދުން އޮންނަން ވާނީ ނޫކުލައިގަ އެއް ފޮތިގަނޑަކުން.
އަދި ނުލާއި، ދަނބާއި، ގަދަރަތް އުއިން އަންނާރު ސިފައިގައި އުއި ގުޅަތައް ވަށައި މި އުއި ގުޅަތައް އެ ހެދުމުގެ ފަސްބައިގައި ހަރުކުރޭ. އޭގެ ދެ އަންނާރު ދެމެދުގައި ރަނުގެ ރަނގަބީލުތައް ހަރުކުރޭ.
އޭގެ މެދުގައި ހާރޫނުގެފާނުގެ އިސްތަށިފުޅު ލެއްވުމަށް ކަރެއް ކަނޑާފައި ހުއްޓެވެ. އެ ކަރު ވަށައިގެން ރޮދި ޖަހައި ވީދައިގެން ނުދާނެހެން ގިރުއާނެއް އަޅާފައި ހުއްޓެވެ.
އެމީހުން ޚާއްސަ ފަގުޑިއާއި ތާކިހާތައް ވެސް މޮޅު ލިނެން ފޮތީގައި ތައްޔާރު ކުރިއެވެ. އަދި އެތެރޭން ލާނެ ހެދުންކޮޅުތައް ވެސް ހަމަ އެހާ މޮޅު ލިނެން ފޮތިން ތައްޔާރު ކުރިއެވެ.