Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:30 - ކިތާބުލް މުޤައްދަސާ

30 ހާރޫނު އަހަރެންގެ ގާތަށް އަންނަ ކޮންމެ ހިނދަކު ޔުރީމާއި ތުންމިއްޔިމްހިލަކޮޅުތައް މޭމަތީ ފޮތިގަނޑުގެ ތެރެއަށް ލައިގެން އޭނާގެ ހިތާ ދިމާގައި ޖެހިފައި ވާނެ ހެން ބަހައްޓާ. މިގޮތުން އަހަރެންގެ މީހުންނާ މެދު ނިންމާނެ ގޮތެއް އޭނާއަށް އެނގޭނެ ވަސީލަތެއް ގެންނަން ވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:30
22 ပူးပေါင်းရင်းမြစ်များ  

މަތިވެރި މަޤާމުފުޅަށް ހާރޫނު ވަންނައިރު އޭނާގެ ހިތާ ދިމާގައިވާ ކަރާމާތްތެރި ފޮތިގަނޑު އިސްރާއީލުގެ ހުރިހާ ގަބީލާއެއްގެ ނަންތައް ގެންދެވޭނެ. މިކަމުން ހަނދާން އާކޮށްދެނީ އަހަރެންގެ ގާތަށް އޭނާ އަންނަނީ އިސްރާއީލީންގެ އެންމެން ތަމްސީލު ކޮށް ދިނުމަށް ކަން.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


އެ އެންމެ މުޤައްދަސް މަޤާމުފުޅަށް ވެދެވަޑައިގެން އަހަރެމެން އެންމެންގެ ފާފަތަކުން އަބަދަށްޓަކައި އެކަލޭގެފާނު އަހަރެމެން މިނިވަން ކޮށްދެއްވިއެވެ. މި ކަމަށްޓަކައި އެކަލޭގެފާނު ހުށަހެޅުއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ލޭފޮދެވެ. ގެރިއެއް ބަކަރިއެއްގެ ލެޔެއް ނޫނެވެ.


އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ.


އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ