Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:3 - ކިތާބުލް މުޤައްދަސާ

3 އަހަރެން ރޫޙާނީ ވިސްނުން ދީފައިވާ ހުރިހާ ފަންނުވެރިންނަށް އަންގާ، އަހަރެންގެ ޚިދުމަތުގައި ހުންނަ އިމާމު ހާރޫނަށް އެކަށީގެންވާ އިއްޒަތްތެރި ހެދުމެއް ތައްޔާރު ކުރާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:3
16 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ތެރޭގައި ތިބި ފާޑުވެރި މޭސްތިރީންގެ އެންމެން އައިސް މާތްރަސްކަލާނގެ އެންގެވި ފަދައިން މިއެއްޗެހި ތައްޔާރު ކުރޭ:


ތިނޯހުގެ މަސައްކަތް ކުރަން ދަންނަ އަންހެންވެރިން، ނުލާއި ދަނބާއި ގަދަރަތް ރޮދީގެ ބަރަނި އެޅިއެވެ. އަދި މޮޅު ފޮތި ވެސް ގެނައެވެ.


ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި.


މާތްކަލާނގެ ވަނީ އެއިލާހުގެ މާތްރޫޙުފުޅުން އޭނާއަށް މިކަމުގެ ޙިކުމަތާއި ކުޅަދާނަކަމާއި ވިސްނުން ދެއްވާފައި. އަދި ހުރިހާ ކަމެއް ކުރުމުގެ ފަންނުވެރިކަން ވެސް ވަނީ އޭނާއަށް ދެއްވާފައި.


އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.⁠“


މާތްވެގެންވާ ފޭލިގެކޮޅު އެކަލާނގެ އެންގެވި ފަދައިން ތައްޔާރުކުރުމަށް ބަޞަލީލުއާއި އަހޫލިޔާބުއާއި އަދި މާތްރަސްކަލާނގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދެއްވި އެންމެންނާ ހަވާލު ކުރެވިއްޖެއެވެ.


މި މަސައްކަތަށް ޝައުގުވެރިކަން ހުރި ހުރިހާބަޔަކު ގެންނަވައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް މޫސާގެފާނު އެންގެވިއެވެ.


ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީ ވެސް އެފަރާތްޕުޅުންނެވެ.


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ