17 މި ދަބަހުގައި ހަތަރު ބަރިއަށް ޖަވާހިރު ޖަހާ. ފުރަތަމަ ބަރީގައި ޖަހަން ވާނީ ރަތް ޢަޤީޤަކާއި، މަޑުފެހި ޒަބަރުޖުދަކާއި ޒުމައްރަދެއް.
މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ.
މި ފޮތިގަނޑު އޮންނަން ވާނީ އެއް ފޮތިގަނޑަކުން ފަށްޖަހާފައި އޮންނަ ދަބަހެއްގެ ގޮތުގައި. މީގެ ދިގު މިނުގައި ނުވަ އިންޗި ފުޅަލުގައި ނުވަ އިންޗި ހުންނަން ވާނެ.
ދެވަނަ ބަރީގައި ފީރޯޒަކާއި، އަޒުރަޤަކާއި، ހުދު އަލިމަހެއް.
ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ.
ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެން އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެން ވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއް ވެސް ނުވެއެވެ.
ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.
އަހަރެން މީ ޙިކުމަތެވެ. އަހަރެން ހުރިހާ ޖަވާހިރަކަށް ވުރެން އަދި ހިތްއެދޭ ކޮންމެ އެއްޗަކަށް ވުރެން ވެސް އަގުބޮޑެވެ.