Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:12 - ކިތާބުލް މުޤައްދަސާ

12 މި ދެހިލަކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ ފޮތިކޮޅުގައި ހަރުކުރޭ. މިކަމުން ދައްކާދޭނީ ހާރޫން އެ ތަމްސީލު ކުރަނީ ބަނީ އިސްރާއީލުގެ އެންމެން ކަން. އަހަރެންގެ ގާތަށް ހާރޫނު އަންނައިރު އޭނާގެ ކޮނޑުމަތީގައި މިނަންތައް އުފުލުމުން އެ ރަމްޒުކޮށް ދެނީ އޭނާ އެއައީ ބަނީ އިސްރާއީލުގެ އެންމެންގެ ފަރާތުން ކަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:12
23 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’⁠މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.⁠‘


މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ.


މަތިވެރި މަޤާމުފުޅަށް ހާރޫނު ވަންނައިރު އޭނާގެ ހިތާ ދިމާގައިވާ ކަރާމާތްތެރި ފޮތިގަނޑު އިސްރާއީލުގެ ހުރިހާ ގަބީލާއެއްގެ ނަންތައް ގެންދެވޭނެ. މިކަމުން ހަނދާން އާކޮށްދެނީ އަހަރެންގެ ގާތަށް އޭނާ އަންނަނީ އިސްރާއީލީންގެ އެންމެން ތަމްސީލު ކޮށް ދިނުމަށް ކަން.


މި ހެދުމުގައި ކުރިމައްޗާއި ފުރަގަސް ހުންނަން ވާނީ ކޮނޑުމަތިން ދެ ފޮތިކޮޅަކުން ގުޅިފައި.


އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އެކަލާނގެ އެ ގެންދަވަނީ ފުރިހަމަ ކުރައްވަމުން. އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީސްތަކުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނަށް އެކަލާނގެ އެހީތެރިވެވޮޑިގަންނަވާ. އަދި އެމީހުންނަށް އެކަލާނގެ އަބަދުގެއަބަދަށް ރަޙުމަތް ލައްވާނެ.⁠“


މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން.


ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”⁠އާދެ ސާހިބާ. ކީއްތޯވީ؟⁠“ މަލާއިކަތާ ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ